English Edition
Dhivehi Edition

ގދ. ތިނަދޫގައި ކުރިއަށްގެންދާ “އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއާ ޗެމްޕިއަންޝިޕް” ފަށައިފިއެވެ.

ރޭ ތިނަދޫ ސްޓޭޑިއަމުގައި ބޭއްވި ހަފުލާގައި މުބާރާތުގެ ރަސްމީ ޓޯޗް ރޯކޮށްދެއްވީ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އާއި، ތިނަދޫއަށް ނިސްބަތްވާ ގައުމީ ލޯންގް ޖަމްޕު ރެކޯޑް ހޯލްޑަރު ނާހިލް ނިޒާރެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވީ ތިނަދޫއަކީ ކުޅިވަރުގެ ވަރަށްބޮޑު ތާރީޚެއް އޮތް ރަށެއް ކަމަށެވެ. އަދި ތިނަދޫގައި ކުޅިވަރު ތަރައްޤީކުރުމުގެ ގޮތުން ކުޅިވަރު ފެސިލިޓީސްތައް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ސަނީފް ވިދާޅުވިއެވެ،

މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ “އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއާ ޗެމްޕިއަންޝިޕް”ގައި ޖުމްލަ 36 ޓީމް ވަނީ ބައިވެރިވެފައެވެ. މި މުބާރަތުގައި ޖުމްލަ 108 އިވެންޓްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު 1057 އެތްލީޓުން ވަނީ މި މުބާރާތުގައި ވާދަކުރާނެއެވެ،