English Edition
Dhivehi Edition

ފުރިހަމަ ސިއްޚަތެއްގައި ދުޅަހެޔޮކަންމަތީ ދެމި ހުރުމަކީ ހަމަ ކޮންމެ މީހަކުވެސް ބޭވާނޭ ކަމެއް ކަމާއި މެދަކު ޝައްކެތްނެތެވެ. އެގޮތުން ފުރިހަމަ ސިއްޚަތެއްގައި ހުރުމަށް ރަނގަޅު ފައިދާހުރި ބާވަތްތަކުގެ ކާނާ ކެއުމަކީ މުހިންމު ކަމެކެވެ.

ސިއްޚީ މާހިރުންގެ ދިރާސާތަކުން އެނގޭ ގޮތުގައި ސިއްޚަތައް ފައިދާ ހުރި ކާނާގެ ބާވަތްތައް ބޭނުން ކުރުމަކީ ބަލިތަކުން ސަލާމަތްވެ ރަނގަޅު ސިއްޚަތެއްގައި ހުރުމަށް ކޮންމެ ހެންވެސް މުހިންމު ކަމެކެވެ. އަދި ސިއްޚަތައް ފައިދާ ހުރި ބާތަތްކުގެ ތެރެއިން ވެސް ކޮންމެހެން ބޭނުން ކުރުން މުހިންމު ވަކި ޚާއްސަ ބާވަތްތަކެއް އެބަ ހުއްޓެވެ. އެ ބާވަތް ތަކުގެ ތެޜެގައި ، އަލްމަންޑް، ކޯލިފްލާވާ، ޒުކިނީ، ސިސަމާ ފަދަ ބާވަތްތައް ހިމެނެއެވެ.

އަލްމަންޑް: އިބްނު ސީނާ ވިދާޅުވެފައިވާ ގޮތުން ނޭވާލާ ނިޒާމުގެ ބައްޔެއް ތަހައްމަލުކުރަމުންދާ މީހެއް ނަމަ ގިނައިން ކާންވީ އަލްމަންޑެވެ. އަލްމަންޑުގައި ސިއްޚަތަށް ފައިދާހުރި ފެޓްއާއި ފައިބަރާއި ޕްރޮޓީންސްގެ އިތުރުން މެގްނީޝިއަމްއާއި ވިޓަމިން އީ ހިމެނެއެވެ. އިބްނު ސީނާ އިރުޝާދު ދެއްވަނީ އަލްމަންޑް ކެއުމަށްފަހު މާމުއި ބުއިމަށެވެ.

ކޯލިފްލާވާރ: އިބްން ސީނާ ވިދާޅުވެފައިވާ ގޮތުން މޭ ސާފުކުރުމަށް ކާންވީ ކައުލިފްލާވަރއެވެ. އެގޮތުން ކައުލިފްލާވަރގައި ގިނަ އަދަދަކަށް ފައިބަރއާއި ވިޓަމިން ބީގެ މާއްދާ އެކުލެވިގެންވެއެވެ. އަދި މިތަރުކާރީ ކެއުމުގެ ސަބަބުން ކެންސަރުން ދިފާއުވުމަށް ބޭނުންވާ އެންޓިއޮކްސިޑެންޓްއާއި ފައިޓޯނިއުޓްރިއަންޓްސް ހަށިގަނޑަށް ލިބިގެންދެއެވެ.

ޒުކީނީ: މިއީ ޑިޓޮކްސް ފެން ބޭނުންކުރާ ފަރާތްތަކަށް ވަރަށް ދަންނާނެ ތަރުކާރީގެ ބާވަތެކެވެ. އިބްން ސީނާ ވިދާޅުވެފައިވާ ގޮތުން ޒުކީނީއަކީ ލޭގެ ޕްރެޝަރު މަތިވިޔަ ނުދީ ހިފަހައްޓައިދިނުމަށް އެހީތެރިވެދޭނެ ތަރުކާރީގެ ބާވަތެކެވެ. އެގޮތުން ޒުކީނީއިން ދިޔަ ފެލުމަށްފަހު ހަފްތާއަކު ދެތިންފަހަރު ބޭނުން ކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ.

ސިސަމީ: ކުދިކުދި މިއޮށްތަކަކީ ތެލާއި ވިޓަމިން އީއިން މުއްސަނދި އޮށްތަކެކެވެ. އިސްތަށިގަނޑައި ނިޔަފަތިތައް ވަރުގަދަކުރުމަށް މީގައިވާ ކެލްޝިއަމްގެ މާއްދާ އެހީތެރިވެދެއެވެ. މީގެ އިތުރުން އިބްނު ސީނާ ވިދާޅުވެފައިވާ ގޮތުގައި ސިކުނޑިއާއި ނާރުގެ ސެލްތަކަށް ސިސަމީއަކީ ރަނގަޅު ކާނާއެކެވެ.