English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ތާވަލްގެ އެއްވަނާގައި އާސެނަލް އިން ހަމަޖެހިލައިފިއެވެ.

ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އާސެނަލްއަށް ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާއެވެ. މި މެޗުގައި ލީޑްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމަށް ވަނީ މެޗުގެ ފަހު ހާފުގައި ލަނޑު ޖަހަން ޕެނަލްޓީއެއްވެސް ލިބިފައެވެ. ނަމަވެސް ބަމްފޯޑް ފޮނުވާލި ޕެނަލްޓީ ގޯލާއި އަމާޒުނުވެ އަރިމަތީ ދަނޑިކައިން ދިޔައީ ބޭރަށެވެ.

މި ނަތީޖާއާއެކު އާސެނަލް ތާވަލުގެ އެއްވަނާގައި އޮތީ 10 މެޗުން 27 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި މެންޗެސްޓަރ ސިޓީ އޮތްއިރު, ތިންވަނައިގައި އޮތީ ޓޮޓެންހަމްއެވެ.