English Edition
Dhivehi Edition

ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސްޓާ ޕްލަސްގެ ޑްރާމާ ‘ޔޭ ރިޝްތާ ކިޔާ ކެހެލާތޭހޭ’ އިން ފެނިގެން ދިޔަ ބަތަލާ ވައިޝާލީ ޓައްކަރް މަރުވެއްޖެ އެވެ.

އުމުރުން 30 އަހަރުގެ ވިޝާލީ އަމިއްލައަށް ދަންޖެހިފައި ހުއްޓާ، ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ވިޝާލީ، މަދިޔަ ޕްރަދޭޝްގައި ދިރިއުޅެމުން ގެންދިޔައީ އޭނާގެ ބައްޕަ އަދި ބޭބެ އާއި އެކުގައެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވިޝާލީ އަމިއްލައަށް މަރުވީ ލޯބިވެރިޔާ އާއި ޖެހުނު މައްސަލައެއްގައެވެ. އަދި ވިޝާލީގެ ލޯބިވެރިޔާގެ ފަރާތުން އޭނާއަށް އަނިޔާ ލިބިފައިވާކަމަށާއި މި ކަމަށް ބާރު ލިބިދޭ ނޯޓެއްވެސް އެ ކޮޓަރި ތެރެއިން ފެނިފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

މި މައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަމުން އަންނައިރު، މީގެ ފަސް ދުވަސް ކުރިން ވިޝާލީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ވެސް މާނަ ފުން ލަވައެއް ހިއްސާކޮށްފައެވެ. “މެއި ތޫ ތެރެލިޔޭ ޖާންބީ ދޭދޫއަށް” ލިޕްސިން ކޮށް ވިޝާލީ ސޯޝަލް މީޑިއާއަށް ދޫކޮށްލި ލަވަ ޝެއަރކޮށް ގިނަ ބަޔަކު އަންނަނީ އޭނާގެ ވަކިވެ ދިޔުމުގެ ހިތާމައިގައި ބައިވެރިވެފައެވެ.