އައްޑޫ ސިޓީ މީދޫގައި ޒުވާނުންގެ ދުވަސް ފާހަގަކުރަން ހަރަކާތްތަކަށް ބާއްވަން ނިންމައިފިއެވެ،
ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި މަހުގެ 21 ވަނަ ދުވަހު ނެޓްބޯޅަ މެޗެއް ބާއްވަން ހަމަޖެހިފައިވާއިރު ދީނީ ދަރުސް އެއް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައެވެ. އޭއޯ ނިއުސް އާ ވާހަކަ ދައްކަމުން މި ހަރަކާތްތައް އިންތިޒާމު ކުރާ ފާރާތުން ބުނީ، މީއި މީދޫގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވަން ހަމަޖެހިފައިވާ ދެ އިވެންޓްކަމަށެވެ. އަދި މި ދުވަސް ފާހަގަކުރުމަށް ބާއްވާ މި ދެ ހަރަކާތުގެ ބޭނުމަކީ މުޖްތަމައުގައި ޒުވާނުންގެ ހިއްސާ އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އެޅުންކަމަށެވެ. އަދި ދީނީ ކަންކަމަށް ޒުވާނުން އަހުލުވެރިކުރުންވެސް ހިމެނޭކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.
” ޒުވާނުންގެ ދުވަހާ ގުޅިގެން އަޅުގަނޑުމެން މި މެޗްގެ އިތުރުން މީދޫގައި ދަރުހެއްވެސް ބޭއްވުމަަށް ވާނީ ހަމަޖައްސާފައި. މި ދެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި ކަން ފާހަގަކުރަން. މި ގޮތުން މީދޫ ކައުންސިލަރާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން މި ހަރަކާތައް އެހީތެރިވެ ދޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން.” މި ހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުން ވަނީ ބުނެފައެވ.
މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރ 2022 ގައެވެ.