English Edition
Dhivehi Edition

ޖަރުމަނު ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަދި ބަޔާން މިޔުނިކް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ޑޯޓްމަންޑް ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ..

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ބަޔާނުން ލީޑުނެގީ 33 ވަނަ މިނިޓްގައި ލެއޯން ގޮރެޓްޒްކާ ޖެހި ގޯލުންނެވެ. ބަޔާންގެ ލީޑު ފުޅާކުރީ، މެޗުގެ 53 ވަނަ މިނިޓްގައި ލެރޯއި ސާނޭ ޖަހައިދިން ލަނޑުންނެވެ.

ބަޔާންގެ ދެ ލަނޑަށް ފަހު ޑޯޓްމަންޑުން ކުޅުން ވަރުގަދަ ކުރިއިރު، އެޓީމުން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނިޓްގައިއެވެ. މި ލަނޑު ޖަހައިދިނީ ޔޫސެފާ މޫކޯކޯއެވެ. ބަޔާންއިން އެޓީމުގެ ދެވަނަ ލަނޑުޖަހާ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައި ހުއްޓަ އެވެ. މި ލަނޑު ޖެހީ ނިކޯ ޝްލޮޓާބެކް ނެގި ހުރަހަކުން މޮޑެސްޓް ބޮލުންނެވެ.

މި ނަޠިޖާއާ އެކު ޑޯޓްމަންޑް އަދި ބަޔާން ވެސް އޮތީ ތިން ވަނަ އާއި ހަތަރު ވަނައިގަ އެވެ.

ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ޔޫނިއަން ބާލިން އާއި ދެ ވަނައިގައި އޮތް ފްރެއިބާގަށް އަށް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބަޔާނާއި ހަތަރެއްގައި އޮތް ޑޯޓްމަންޑަށް ވަނީ ނުވަ މެޗުން 16 ޕޮއިންޓް ލިބިފަ އެވެ