English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު، ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު ލަންޑަން ޑާބީ މެޗު ކާމިޔާބު ކޮށް ލީގު ތާވަލުގެ އެއްވަނާގައި އާސެނަލްއިން ހަމަ ޖެހިލައިފިއެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ.

ޓޮޓެންހަމް އަތުން ހޯދި މި މޮޅާއި އެކު އާސެނަލް އެއްވަނާގައި އޮތީ ކުޅުނު އަށް މެޗުން ލިބުނު 21 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބުކުރިޔަސް ލިބޭނީ 20 ޕޮއިންޓެވެ.

މެޗުގައި އާސެނަލްއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ 62 ވަނަ މިނިޓްގައި ޓޮޓެންހަމްގެ އެމަރސަން ރޯޔަލްއަށް ސީދާ ރަތްކާޑެއް ދެއްކުމުން ދިހަ ކުޅުންތެރިންނާ ދެކޮޅަށް މެޗުގެ ބޮޑުބައި ކުޅެން ފުރުޞަތު ލިބުމެވެ. އެއީ ގެބްރިއަލް މާޓިނެލީއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

20 ވަނަ މިނިޓްގައި އާސެނަލްއަށް ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދައިދިނީ ތޯމަސް ޕާޓޭއެވެ. 25 ޔާޑުން ޕާޓޭ ފޮނުވާލި ބޯޅަ ވަނީ މަތީ ކަނަށެވެ. ޕެނަލްޓީއަކުން ކޭން ނަތީޖާ ހަމަހަމަކޮށްދިން ފަހުން ދެވަނަ ހާފްގައި އާސެނަލްއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ ޖެސޫސްއެވެ. ތިންވަނަ ލަނޑު ޖެހީ ޒަހާއެވެ.

ފުރަތަމަ އަށް މެޗުގެ ތެރެއިން އާސެނަލް ބަލިވީ ހަމައެކަނި މެންޗެސްޓަރ ޔުނައިޓެޑް އަތުންނެވެ.