English Edition
Dhivehi Edition

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި, ޑރ. ޔޫސުފުލް ޤަރުޟާވީގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ކަށުނަމާދުކުރަން ނިންމާފައިވަނީ މާދަމާ ހުކުރު ނަމާދަށް ފަހުކަމަށެވެ. އިސްލާމީ އިލްމުވެރިޔާ އަދި އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޮލާސް (އައިޔޫއެމްއެސް)ގެ ފައުންޑިންގ ޕްރެޒިޑެންޓް ޑރ. ޔޫސުފުލް ޤަރުޟާވީ، އަވަހާރަވީ މިދިޔަ ހޯމަ ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 96 އެވެ.

1973 ވަނަ އަހަރު، އަލްއަޒުހަރު ޔުނިވާސިޓީން ޕީއެޗްޑީ ހާސިލުކުރެއްވި ޑރ. ޔޫސުފުލް ޤަރުޟާވީ އަވަހާރަވިކަން އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ އެބޭފުޅާގެ ރަސްމީ ޓުވިޓާ އެކައުންޓުންނެވެ.

މުސްލިމް ބްރަދާ ހުޑް ހަރަކާތްތަކުގައި އިސްކޮށް އުޅުއްވުމުގެ ސަބަބުން އެކި ފަހަރު މަތިން މިސްރުގެ ސަރުކާރުން ވަނީ ޑރ. ޔޫސުފުލް ޤަރުޟާވީ ހައްޔަރުވެސް ކޮށްފައެވެ. ޑރ. ޔޫސުފުލް ޤަރުޟާވީއަކީ މިޞްރަށް އުފަން ބޭފުޅެއްނަމަވެސް ފަހުން ޤަޠަރުގެ ރައްޔިތުކަން ހޯއްދަވައިގެން ދިރިއުޅުއްވީ ޤަޠަރުގައެވެ.

އިސްލާމްދީނުގެ ތަފާތު ދާއިރާތަކުން ވަރަށް ގިނަ އަދަދެއްގެ ފޮތްތައް ލިޔުއްވައި ޝާއިޢުކުރެއްވި ޑރ. ޔޫސުފުލް ޤަރުޟާވީގެ ފޮތްތަކުގެ ތެރެއިން އިސްލާމީ ދުނިޔޭގައި އެންމެ މަޝްހޫރުވި ފޮތަކީ “އަލް ހަލާލް ވަލް ހަރާމް ފިލް އިސްލާމް”އެވެ.

.