English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުالله ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި މި ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޙަސަން ޞާބިރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަނާޒާގައި ޤައުމުތަކުގެ ލީޑަރުންނާއި އެކި ޤައުމުތަކުގެ ޢިއްޒަތްތެރިންވެސް ގިނަ ޢަދަދަކަށް ބައިވެރިވެވަޑައިގެންނެވިއެވެ.

ޝިންޒޯ އަބޭ އަވަހާރަވީ، 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި ޝިންޒޯ އަބޭއަށް އަމާޒުކޮށް މީހަކުދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ސަބަބުންނެވެ.

ޝިންޒޯ އަބޭ ޖަޕާނުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވީ 2012 ވަނަ އަހަރުއެވެ. އޭގެކުރިން 2006 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށް ވެސް އަބޭ ވަނީ ޖަޕާނުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.