English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުالله ޝާހިދު މިއަދު ފުރާވަޑައިގެންފި އެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ އަރިހުގައި ދިވެހިރާއްޖޭގެ އިއްޒަތްތެރިންގެ ވަފުދެއްވެސް މި ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މިހާރުވަނީ ފުރާވަޑައިގެންފަ އެވެ.

ޝިންޒޯ އަބޭ އަވަހާރަވީ، 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި ޝިންޒޯ އަބޭއަށް އަމާޒުކޮށް މީހަކުދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބުނު ޒަޚަމްތަކުގެ ސަބަބުން ނެވެ.

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާ 27 ސެޕްޓެމްބަރު 2022 ވާ އަންގާރަ ދުވަހު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބާއްވާއިރު، މި ޖަނާޒާގައި ބޭރުގެ ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި ސްޓޭޓްތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.