English Edition
Dhivehi Edition

މޮނިކޮން އަމުރުގެ ދަށުން 8 މީހެއްގެ ފައިގައި ޓެގް އަޅުވައިފި ކަމަށް ދިވެހި ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާއިން ވިދާޅުވީ ޓެގް އެޅުވިމީހުން އުޅޭނޫޅޭ ގޮތް މިހާރު ގެންދަނީ މޮނިޓަރ ކުރަމުން ކަމަށެވެ. ފުލުހުން ވިދާޅުވީ އެ މީހުންގެ އިތުރަށް ޓެކް އަޅުވަންޖެހޭ އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުދާ ކަމަށެވެ. އެހެންނަމަވެސް ހޯދަމުންދަނީ ކިތައް މީހުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް ފުލުހުންވަނީ މީހުންގެ ފައިގައި ޓެގް އަޅުވައިފައެވެ. އެހެންނަމަވެސް އެކަން މެދުކެނޑުމަށްފަހު އަލުން ފަށައިފައިވަނީ ހޯމް މިނިސްޓްރީން އެކަމަށް އަލުން ތައްޔާރުވެގެންނެވެ.

ޓެގު