English Edition
Dhivehi Edition

ގއ. ވިލިނގިލި ޕޮލިސްޓޭޝަނާއި އެފް.ސީ.ޕީ ގުޅިގެން ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިރޭ އެރަށު ސުކޫލުގައި ކުރިޔަށް ގެންދިޔަ މި ސެޝަނަކީ ގެވެށި އަނިޔާގެ ޤާނޫނާއި އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނަށް އަހުލުވެރި ކުރުމަށްޓަކައި ނެގި ސެޝަނަކެވެ. މި ސެޝަންގައި އެ ރަށު ސުކޫލްގެ ޕްރިންސިޕަލް އާއި ޓީޗަރުން، އަދި ބެލެނިވެރިންގ ހިމެނޭހެން ޖުމުލަ 215 މީހުން ބައިވެރިވެފައިވާ ކަމަށް އެރަށު ޕޮލިސްޓޭޝަނުން މަޢުލޫމާތު ދެއެވެ.

މި ސެޝަން ނަގައި ދިނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުއްސަލާމް ލުތުފީ އާއި އަދި ވިލިނގިލި ޕޮލިސްޓޭޝަނާއި އަލަށް ހަވާލުވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު މަޢުރޫފް އެވެ.

މިރޭ މަޢުލޫމާތު ދިނުމުގެ މި ސެޝަން ކުރިއަށް ގެންގޮސްފައިވާއިރު،ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު މަޢުރޫފް ވަނީ މި ހިނގާ ސެޕްޓެމްބަރު މަހު ކުރީ ކޮޅުގައި ވިލިނގިލީގެ ހުރިހާ މުވައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްފައެވެ.