English Edition
Dhivehi Edition
ގދ. ތިނަދޫ ކައުންސިލްގެ ރައީސް: ފޮޓޯ ތިނަދޫ ކައުންސިލް

ގދ. ތިނަދޫ ކައުންސިލުން ގެޒެޓްކުރުމަށް ފޮނުވި އިއުލާނުގައި ދީފައިވާ މުއްދަތު ހަމަވި ދުވަހު އެ އިއުލާން ގެޒެޓްކޮށްފިއެވެ.

ތިނަދޫގައި މަގުމައްޗަށް ފެންފަހިވާ ގޮތަށް ހަދާފައިވާ ފުރާޅުތައް ރަނގަޅު ކުރުމަށް ތިނަދޫ ކައުންސިލުން އަންގާ. އެ އިއުލާން ގެޒެޓްކުރުމަށް ފޮނުވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގަ އެވެ. އެހެންނަމަވެސް އެ އިއުލާން ގެޒެޓްކޮށްފައި ވަނީ މިއަދު ހެނދުނު އެވެ.

ތިނަދޫ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ދިޔަދޮވި ނުލައި ހުރި ފުރާޅުތަކާއި އަދި ޢާއްމުންނަށް އުނދަގޫ ވާގޮތަށް ހުރި ފުރާޅުތައް 23 އޯގަސްޓް 2022 އިން ފެށިގެން 07 ދުވަސްތެރޭގައި އިސްލާޙު ކޮށްދިނުމަށް އެދިފަ އެވެ. އެހެންކަމުން އެ އިއުލާނުގައި ބަޔާންކޮށްފައިވާ މުއްދަތު މިއަދަށް ހަމަވާނެއެވެ.

އެ އިއުލާނުގައިވާ ގޮތުން ކައުންސިލުން ދީފައިވާ މުއްދަތުގެ ތެރޭގައި މި ކަންތައް އިސްލާޙު ނުކުރާ ފަރާތްތަކާއިމެދު އެ އިދާރާއިން ޢިޢުލާންކޮށްފައިވާ ޤަވާޢިދު ނަމްބަރ 2014/R-206 ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ ގަވާއިދު ގެ 6 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެކަމައްވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.