ބޭނުންވާތަކެތި 2 ޖޯޑު މުގު 2 ޖޯޑު ހަކުރު 5 ރާނބާފަތްކޮޅު ( 2 /1 އިންޗިއަށް ބުރިބުރިކޮށްފައިހުރި) 4 ކާފޫރުތޮޅި ( ދެކޮޅު ބުރިކޮށްފައި) 3 /1 ޖޯޑު ކަނަމަދު 2 /1 އިންޗި ފޮނިތޮށި ( 3 ބުރިކޮށްފައި) 2 މޭޒުމަތީ ސަމުސާ ގިތެޔޮ 2 ޖޯޑު މާފެން 1 ފިޔާ ( ކޮށާފައި) ތައްޔާރުކުރާނެގޮތް މުގުހޮވާސާފުކޮށްފައި ދޮވެލުމަށްފަހު ފެން އަޅާފައި މަޑުކުރަން އުދާލާށެވެ. މަޑުވަމަމުން ދާއިރު މައްޗަށް އަރާ ފޮނު ނަގާލާށެވެ. ދެން ތެއްޔަކަށް ގިތެޔޮކޮޅު އަޅާފައި އުނދުންމައްޗަށް އުދާލާފައި ދިޔާވީމާ ފިޔާކިޅު އޅާފައި ފިޔާކޮޅު ރަތްވީ އުނދުންމަތިން ބާލާފައި މަތި ޖަހާފައި ބަހައްޓާށެވެ. ދެން މުގު މަޑު ވީމާ ފެން ހުރިނަމަ ފެން އޮއްސާލާފައި ހަކުރާއި ރާނބާފަތް، ކަނަމަދު އަދި ކާފޫރުތޮޅިވެސް އެއްކޮށްލާފައި އޮލަވަންދެން ކައްކާލާފައި މީރުކޮށްފައިހުރި ފިޔާކޮޅު އަޅާފައި މާފެން ވެސްއެއްކޮށްލާށެވެ. ކެކިގަތީމާ އުނދުންމަތިން ބާލާށެވެ.