English Edition
Dhivehi Edition

އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީ (އޭ.ބީޑަބްލިއު،ސީއައި)ގެ ރާއްޖޭގެ ބްރާންޗް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވައިފިއެވެ.

އޭ.ބީޑަބްލިއުސީއައި އަކީ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން މަސައްކަތްކުރާ ގުޅިލާމެހިފައިވާ ޕްލެޓްފޯމެކެވެ..

އޭ.ބީޑަބްލިއުސީއައި އަކީ ބައިނަލްއަގްވާމީގޮތުން އަންހެނުންގެ ޗެމްބަރ އޮފް ކޮމާސްގެ ގޮތުގައި ވަރޗުއަލްކޮށް ހަރަކާތްތެރިވާ ޕްލެޓްފޯމެކެވެ. އޭބީޑަބްލިއުސީއައިގެ މެންބަރުންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އަންހެން ވިޔަފާރިވެރިންނާއި، އަންހެނުންގެ ޖަމްޢިއްޔާ ޖަމާއަތްތަކާއި، ތައުލީމީ މުއައްސަސާތަކާއި، އަންހެނުންނަށް ހާއްސަކޮށްގެން އިންވެސްޓްކުރާ ކުންފުނިތަކުގެ މެންބަރުން ވެސް ހިމެނެއެވެ.

އޭބީޑަބްލިއުސީއައިގެ މަގުޞަދަކީ ކުރިމަގުގައި އަންހެނުން ވިޔަފާރީގެ ދާއިރާއިން ކުރިޔަށްދިއުމުގައި ބޭނުންވާނެ ކަންކަން ދެނެގަތުމާއި، ވިޔަފާރިވެރި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް އިޖާބަދީ، ދުނިޔޭގެ އިގްތިސާދުގައި، ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަށް އެހީތެރިވެދީ، އެމީހުންނަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސޯޝަލް ސެންޓަރުގައި ކުރިޔަށްދިޔަ އަތްތެރި މަސައްކަތްތެރިކަމުގެ މަޢުރަޒުގެ ބައެއް މަސައްކަތްތައް ބައްލަވާލައްވާފައެވެ.

ޓެގު