English Edition
Dhivehi Edition

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

“ހަވާލޭ ވަތަން”ގެ ނަމުގައި ރޭ އަލިމަސް ކާނިވަލުގައި ބޭއްވި ބޮޑު ޖަލްސާއެއްގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ޕީޕީއެމްގެ ރައީސް ޔާމީނަށް ރަސްމީކޮށް ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައި ވަނީ ވަރަށް ތަރުތީބުވެގެން، ޕީޕީއެމްގެ ރަށު މަންދޫބުން އެއްބޭފުޅެއް އަނެއްބޭފުޅެއްގެ އަތުން އެންޑޯޒްމަންޓް ލިޔުން ގެނެސް ލީޑަރޝިޕާ ހަވާލުކުރުމުން، ރައީސް ޔާމީން ސްޓޭޖަށް އަރުއްވައި, ލީޑަރޝިޕްގެ ފަރާތުން އެމަނިކުފާނަށް ޓިކެޓް ހަވާލުކުރާ އުސޫލުންނެވެ.

ރައީސް ޔާމީނަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓު ދިނުމަށް ޕީޕީއެމްއާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުން ނިންމާފައިވަނީ މިދިޔަ މަސް ތެރޭގައެވެ.