English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ގައުމީ އަންހެން ކްރިކެޓް ޓީމުގެ ހެޑް ކޯޗަކަށް ބަންގްލަދާޝްގެ ގައުމީ އަންހެން ކްރިކެޓް ޓީމުގެ ކުރީގެ ކުޅުންތެރިޔާ ފާތިމާ ތޫޒް ޖަހާރާ ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ކްރިކެޓް ބޯޑުން އެކަމަނާ އައްޔަން ކުރެއްވިކަން ކަށަވަރުކޮށްދީފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މީގެ ކުރިން އޭނާ ވަނީ ބަންގްލަދޭޝް ކްރިރާ ޝިކާ ޕްރޮޓިޝްތާން (ބީކޭއެސްޕީ)ގެ އަންހެން ކްރިކެޓް ކުޅުންތެރިންގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަށްވާފައިއެވެ. އަދި މީގެ އިތުރުން އަމްޕަޔަރ ކުރުމުގެ ތަޖުރިބާ ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަންހެން ފުރަތަމަ ޑިވިޝަންގެ ކްރިކެޓްގައި އަމްޕަޔަރ ކަން ކުރަން ފެށީ 2015 ވަނަ އަހަރު އެވެ.

ދިވެހިރާއްޖޭގެ އަންހެނުންގެ ކުރިކެޓް ޓީމް ބައިނަލްއަޤްވާމީ މައިދާނުގައި ކުރިއަށް ދިޔުމަށް ދިވެހިރާއްޖޭގެ ކުރިކެޓް ބޯޑުން މިހާރު ވަނީ މަސައްކަތް ފަށާފައިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ކުރިކެޓް ޓީމުން މިހާތަނަށް ޓީ20 އިންޓަނޭޝަނަލް މެޗު ކުޅެފައި ވަނީ އެންމެ ތިން މެޗެވެ. ނަމަވެސް މިދިޔަ ތިން އަހަރު ތެރޭގައި ދިވެހިރާއްޖޭގެ އަންހެނުގެ ކުރިކެޓް ޓީމް ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ބައިވެރި ވެފައިނުވެއެވެ..