English Edition
Dhivehi Edition
ސަދަން ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ އައްޑޫ ސިޓީ ކައުންސިލް

ސަދަން ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫސިޓީ މަރަދޫ-ފޭދޫގައި ހުރި ދަަމަނަވެށި ހިންގި އިމާރާތުގައި ގާއިމުކޮށްފައިވާ ސަދަން ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ހުޅުވާފައިވަނީ 8 އެޕްރީލް 2021 ވަނަ ދުވަހުއެވެ، މި ސެންޓަރު ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމެވެ.ދި ބޮޑުވުމުގައި ދިމާވާ ތަފާތު އެކި މައްސަލަތަކަށް ފަރުވާދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޤާއިމު ކުރެވުނު މި ސެންޓަރުން ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ކްލިނިކަލް ސައިކޮލޮޖީ އަދި ފިޒިއޮތެރަޕީގެ ޚިދުމަތްތައް ލިބިގެންދާނެއެވެ.

މި ތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އޭރު ވާހަކަދައްކަވަމުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ސޯލިޙް ވިދާޅުވީ، މިތަން އުފެއްދުމުގެ ކުރިން ގިނަ ސްޓޭކް ހޯލްޑަރުންނާއި ބައްދަލު ކުރެވުނު ކަމަށާއި ގިނަ ފަރާތްތަކުން މިފަދަ ތަނެއް ހުރުމުގެ މުހިންމު ކަން ފާހަގަކޮށް އައްޑޫގައި މިފަދަ އެހީތެރިކަން ބޭނުންވާ ގިނަ ކުދިން ތިބި ކަން ފާހަގަކޮށްފައިވާކަމަށެވެ.

މި ސެންޓަރުގައި ރަޖިސްޓްރީކުރުމަށް 1632 އަށް ގުޅުމުން އެކަން ހަމަޖެހިގެންދާނެކަަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުންވަނީ ބުނެފައެވެ.