English Edition
Dhivehi Edition

ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ގދ. ގައްދޫ ޒުވާނަކު ހާޒިރުކުރުމަށް ބޭނުންވާކަމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

އެގޮތުން މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ އާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވަނީ ގދ. ގައްދޫ / ވިލަސް، މުޙައްމަދު ޒަޙުވާނެވެ. އެއީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރަކީ A252270 ކަމަށާއި ހާޒިރުކުރެވެނީ މައްސަލައާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ސުވާލުކުރުމަށް ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީފައިވާ ޕޮލިސް ސްޓޭޝަނަކަށް 2022 އޮގަސްޓް 11 ވަނަ ދުވަހުގެ 10:00 އަށް އޭނާ ހާޒިރުވުމަށް ފުލުހުން އަންގައެވެ. އަދި މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.