English Edition
Dhivehi Edition

އޭޑަބްލިޔުޓީ އާއި ހިތަދޫ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ “ހަބްރޫޓު ވިމެންސް ފުޓުސަލް 2017 ” މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ މައިލޯ ވިމެން އެފްސީ ހޯދައިފިއެވެ.

އެޓީމަށް ފައިނަލުގެ ދެވަނަ ޖާގަލިބުނީ ހިތަދޫ ވިމެންސް އާ ދެކޮޅަށް މިރޭ ކުޅުނު މެޗު 5-1 ލަނޑުން ކާމިޔާބުކޮށްގެންނެވެ. ފައިނަލުގައި އެޓީމް ވާދަކުރާނީ މަރަދޫ އަވައެފްޓީ އާއެވެ. ފައިނަލް މެޗު އޮންނާނީ މިމަހު 27 ވަނަދުވަހުއެވެ.

ހަބްރޫޓު ވިމެންސް ފުޓުސަލް މުބާރާތުގެ މެއިން ސްޕޮންސަރަކީ ހަބްރޫޓެވެ. ކޯސްޕޮންސަރަކީ ދިރާގެވެ. މީޑީއާޕާޓްނަރަކީ އޭއޯނިއުސްއެވެ.