English Edition
Dhivehi Edition

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ 11 މީހެއްގެ މައްޗަށް ތުރުކީ ސަރުކާރުން ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.

ތުރުރުކީ ސަރުކާރުން ދައުވާ އުފުލާފައި މި އެގާރަ މީހުންގެ ކޯޓު އަޑުއެހުން ބުދަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމީހުންގެ މައްޗަށް ކޮއްފައި ވަނީ ހަނގުރާމަވެރި ޖަމާއަތަކާ އެއްބައިވެ އަދި އެހީތެރިވުމުގެ ދައުވާއެވެ.

މިދައުވާ ތަކާއި ގުޅިގެން މި މީހުންގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މި ދައުވާ ކޮއްފައިވާ މީހުންގެ ތެރޭގައި ތުރުކީގެ އެމްނެސްޓީ އިންޓަނޭޝަނަލްގެ ގޮފީގެ ވެރިޔާވެސް ހިމެނެއެވެ. މީގެ އިތުރުން ޖަރުމަނު އަދި ސްވިޑެންގެ ދެ ރައްޔިތުންވެސް ހިމެނެއެވެ.

މި މައްސަލައިގައި ހުޅަނގު ގައުމު ތަކުން ވަނީ ކަނބޮޑުވުން ފާޅު ކޮއްފައެވެ. ހުޅަނގުން ދެކޭ ގޮތުގައި މިއީ މިދިޔަ އަހަރު ތުރުކީ ސަރުކާރު ވައްޓާލުމަށް ކުރި މަސައްކަތުގެ އަޑީގައިވާ މީހުން ހޯދުމަށް ކަމަށް ބުނެ، ތުރުކީ ސަރުކާރުން ސިޔާސީ ވާދަވެރިންނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅު ތަކެއް ކަމަށް ބުނެފައެވެ.

މި ދިޔަ އަހަރު ބަޢާވާތަކުން ތުރުކީ ސަރުކާރު ވައްޓާލަން މަސައްކަތް ކޮއްފައިވާއިރު އެ ތައްޔިޕް އެރްދޮޤާންގެ ސަރުކާރުން ވަނީ 50000 މީހުން ހައްޔަރު ކޮށް ޖަލަށް ލައި ދައުވާ އުފުލާފައެވެ. އަދި މީގެ އިތުރުން 150000 މީހުން ވަނީ އެމީހުންގެ ތިބި މަގާމު ތަކުން ދުރު ކޮއްފައެވެ.