English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް

ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ކުރެހުމުގެ މުބާރާތަކާއި މަޒުމޫނު ލިއުމުގެ މުބާރާތެއް ބާއްވަން ނިންމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ،

މި ދެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުންވެސް މުބާރާތުގައި ބައިވެރިވުމަަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި އެކު މި ކަމަށް ހާއްސަކޮށްފައިވާ ފޯމު ހުށަހަޅަންޖެހެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމު ރައްޔިތުންގެ މަޖިލީހުން ލިބެން ހުންނާނެއެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ މަސައްކަތްތަކަށް ހޭލުންތެރިކުރުވުމާއި އަދި ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކަށް ހޭލުންތެރިކުރުވުންކަމަށެވެ. ރައްޔިތުންގެ މަޖިލީހުންވަނީ މި މުބާރާތްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ 14:00ގެ ކުރިން ކުރެހުން ނުވަތަ މަޒުމޫނު ފޮނުވުމަށް އެދިފައެވެ،

މި ދެ މުބާރާތްތަކުގައި ބައިވެރިވެވޭ އުމުރުފުރާތަކަކީ:

  • 14 އަހަރުން ދަށް
  • 14 އަހަރާ 18 އަހަރާ ދެމެދު
  • 18 އަހަރާ 35 އަހަރާ ދެމެދު
  • 35 އަހަރުން މަތި

މިއިން ކޮންމެ އުމުރުފުރާއަކުން އެއް ވަނަ ދެވަނަ ތިން ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު އެއްވަނަ އަށް ދާ ފަރާތަކަށް 2،000ރުފިޔާ ދެވަނަ އަށް ދާ ފަރާތަކަށް 1500 ރުފިޔާ އަދި ތިން ވަނައަށް ދާ ފަރާތަަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހެޅިފައެވެ.

މީގެ އިތުރުން މި ދެ މުބާރާތުންވެސް، މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާ، މުޅި މުބާރާތުން ދެވަނައަށް ހޮވޭ ފަރާތަކަށް 4000ރުފިޔާ އަދި މުޅި މުބާރާތުން ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 3000ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.