English Edition
Dhivehi Edition

ގދ. ހޯނޑެއްދޫ ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް ކަމުގައިވާ ކައުންސިލް ކަޕްގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަމަވާނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 18 ގައި ހުޅުވާލާފައިވާއިރު ޓީމް ލިސްޓުތައް ހުށަހެޅުމުގެ ސުންގަޑިއަކީ 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ކަމަށް ގދ. ހޯނޑެއްދޫ ކައުންސިލުން ބުނެއެވެ.

މިމުބާރާތަކީ އެރަށުގައި އަރަމުންއަންނަ ޒުވާން ކުޅުންތެރިން ކިބައިގައިވާ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން އެކުދީންގެ ހުނަރު ކުރިއަރުވާ އިތުރަށް ތަރައްގީކުރުމަށް އެހީތެރިވެދީ އެކަމަށް މަގުފަހިކޮށްދީ ކުޅުންތެރިންގެ ފެންވަރު ދައްކާލެވޭނެ ފަދަ މާހައުލެއް ހޯދައި އެރަށުގެ ފުޓްބޯޅަ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށް އެކަމަށް އެހީތެރިވެދިނުމުގެ އިތުރުން އެކުވެރިކަން އާލާކުރުމާއި، ކުޅިވަރުގެ ރޫޙް އާލާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މުބާރާތެއް ކަމަށް ހޯނޑެއްދޫ ކައުންސިލުން މައުލޫމާތުދެއެވެ.

ހޯނޑެއްދޫ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ފިރިހެނުންގެ ފުޓްސެލް މުބާރާތް ކަމުގައިވާ ކައުންސިލް ކަޕް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ މުބާރާތްވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ގދ. ހޯނޑެއްދޫ ފުޓްސަލް ދަނޑުގައެވެ.

މިމުބާރާތް ކުރިއަށްދާނީ ބައިވެރިވާ ޓީމް ތަކުގެ އަދަދަށް ބެލުމަށްފަހު ގްރޫޕްތަކަށް ބަހާލައިގެން ނުވަތަ ލީގް އުސޫލުން. މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު 5 އަށް ވުރެ ދަށްވެއްޖެނަމަ މުބާރާތުގައި ސެމީފައިލް މެޗު ނުކުޅެ ފައިނަލް މެޗު ގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ކުޅޭ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 4،000 ރުފިޔާގެ ފައިސާގެ އިނާމެވެ.

މިމުބާރާތުގެ އޮފިޝަލް ޕާރޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެއަތޮޅަށް ނިސްބަތްވާ އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާއެއް ކަމުގައިވާ ހުވަދޫ އެއިޑް އެވެ.

1 ކޮމެންޓް
ލކ
ޖުލައި 21, 2022
ހޯނޑެއްދޫއަކީ ކުޅިވަރާއި މަޖަލުގެ ރަށެއް