English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްއިން ދިވެހި ރާއްޖޭގެ މިނިވަން ދުވަހާއި އަޟްޚާ ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުވައި، “ބޮޑު ޗުއްޓީ ޕެކް” ގެ ނަމުގައި ޚާއްސަ އޮފަރ އެއް ތައާރަފް ކޮށްފިއެވެ.

މި އޮފަރ ތައާރަފް ކުރެވިފައިވަނީ މިނިވަން ދުވަހާއި އަޟްޙާ ޢީދާއި ގުޅިގެން ލިބޭ މި ބަންދުގައި، ކޮންމެތާކު، ކޮންމެވަގުތެއްގައިވެސް އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.

މި ޚާއްސަ އޮފަރގެ ދަށުން މިހާރު ކަސްޓަމަރުންނަށް އެންމެ 100ރ އަށް ބޮޑު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށް، 100 ޖީބީ ޑޭޓާ 3 ދުވަހަށް ލިބިވަޑައިގަންނަވާނެއެވެ. އުރީދޫގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ޚާއްސަ އޮފަރތައް 6 ޖުލައި 2022 އިން 31 ޖުލައި 2022 ގެ 23:59 ނިޔަލަށް ކަސްޓަމަރުންނަށް މި ޕެކް ބައްލަވައިގަނެވޭނެއެވެ.

އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް ނުވަތަ *929*1# އަށް ގުޅުއްވައިގެން އެކްޓިވޭޓްކޮށްލެވޭނެއެވެ. އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް 100GB ޖައްސަވާފަ 5555 އަށް އެސްއެމްއެސް ފޮނުވުމުން އެކްޓިވޭޓްކުރެވޭނެއެވެ.

“ބޮޑު ބަންދުތެރޭ ޗުއްޓީ ހަދާލަން ރަށަކަށް ދިޔަޔަސް ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ގޭގައި ޗުއްޓީ ހޭދަކުރިޔަސް އަޟްހާ ޢީދަކީ ކުލަގަދަކޮށް ފާހަގަކޮށް ހާއްސަ އުފާވެރިކަމަކުން ފުރިގެންވާ ޗުއްޓީއެއް. މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް، ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އިތުރަށް ގުޅުވާލަދިނުމަށް، ޗުއްޓީގެ ތެރެއިން ކުލަގަދަ އަދި އުފާވެރި ވަގުތުތައް ޙިއްޞާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ޚާއްޞަ އޮފަރ ކަމުދާނެކަމަށް އުއްމީދުކުރަން.” އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހުސައިން ނިޔާޒް.

އުރީދޫ ޓީމްގެ ފަރާތުން ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް މިނިވަން ދުވަހުގެ ތަހުނިޔާ އާއި އަޟްޙާ ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ވަނީ އަރިސްކޮށްފައެވެ.