English Edition
Dhivehi Edition

ހިންދީ ޑްރާމާތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ކަރަންވީރް ބޯހްރާ އާއި އިތުރު ފަސް މީހަކު ވެގެން، އުމުރުން 40 އަހަރުގެ އަންހެނަކަށް މަކަރު ހަދާ އޮޅުވާލި މައްސަލަ ބަލަން ފަށައިފިއެވެ.

މި މައްސަލައިގައި ކަރަންވީރްގެ އިތުރުން އޭނާގެ އަނބިމީހާއަށްވެސް ގިނަ ތުހުމަތުތަކެއް މި އަންހެން މީހާ ވަނީ ކޮށްފައެވެ. މި ގޮތުން %2.5 އިންޓްރެސްޓާއި އެކު އަބުރާ ދައްކާނެކަމަށް ބުނެ އެ އަންހެން މީހާގެ އަތުން 1.99 ކްރޯރް ރުޕީސް ހޯދާފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ ފައިސާގެ ތެރެއިން މިހާތަނަށް ދެއްކުން އެންމެ 1 ކްރޯރް ރުޕީސްކަމަށް އެ އަންހެން މީހާ ވަނީ ބުނެފައެވެ.

އިތުރަށް އެ އަންހެން މީހާ ބުނީ ބާކީ ހުރި ފައިސާތައް ހޯދަން ގުޅުމުން ކަރަންވީރް އާއި އޭނާގެ އަނބިމީހާވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ދީފައިނުވާކަމަށެވެ. އަދި ފަހުން އޭނާ އަށް ބިރު ދައްކާ މަރާލާނެކަމުގެ އިންޒާރު ކަރަންވީރްގެ އަނބިމީހާ ދީފައިވާކަމަށް އެ އަންހެން މީހާ ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ފުލުހުން ފަށާފައިވާއިރު ދާދި ފަހުން ނިމިގެން ދިޔަ ‘ލޮކްއަޕް’ ޝޯގައި ކަރަންވީރް ވަނީ ފާއިތުވި 7 އަހަރު އޭނާގެ ކެރިއަރަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް ބުނެފައެވެ. އަދި ތިން، ހަތަރު މީހެއްގެ އަތުން ނަގާފައިވާ ދަރެނިވެސް ދެއްކޭނެ ގޮތެއް ނެތްކަމަށާއި ބައެއް މައްސަލަ ފުލުހަށްވެސް ހުށަހަޅާފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އިތުރަށް ކަރަންވީރް ބުނީ 2015 ގެ ފަހުން އޭނާ ކުރި ކޮންމެ މަސައްކަތެއްވެސްކޮށްފައިވަނީ ދަރެނި ދެއްކުމަށްކަމަށެވެ.