English Edition
Dhivehi Edition

ގދ. ތިނަދޫ ދަނާލް ފުރަހުގައި އަލިފާން ރޯވެއްޖެއެވެ.

‏އެމްއެންޢީއެފްއިން ވިދާޅުވީ ތިނަދޫ ދަނާލް ފުރަގަހުގައި އޮންނަ ފަޅުގޯއްޗެއްގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުމާއެކު އަލިފާން ނިއްވުމަށްޓަކައި ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުން ވަގުތުން ހަރަކާތްތެރިކަމަށެވެ.

ރޯވި އަލިފާން 19:30 ހާއިރު ނިއްވާލެވިފައިކަމަށް އެމްއެންޑީއެފްއިން ވިދާލުވެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބަކާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ވަކި އެއްޗެއް ވިދާޅެއްނުވެއެވެ.