English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި މިހާރު އަޅަމުން އަންނަ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނިމި އަންނަ އަހަރުގެ ޖޫންމަސްތެރޭ އެތަން ހުޅުވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްއިން ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ހޮސްޕިޓަލް ހުޅުއްވައި ދެއްވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

ހޮސްޕިޓަލުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ވަރަށްބޮޑުތަން ފަސޭހަވެގެން ދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ކުރީގެ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކޮށް ނިމޭއިރު މާލެއިން ނުލިބޭ ފެންވަރުގެ ރަނގަޅު ޚިދުމަތް އެތަނުން ލިބޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެތަނުން ފަރުވާ ހޯދަން މާލެއާއި އެހެން ރަށްރަށުން އައްޑުއަށް މީހުން އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެމަސައްކަތް ބަލާލުމުގެ ފުރުސަތު އާންމުންނާއި ނޫސްވެރިންނަށްވެސް ނުދެއެވެ.