English Edition
Dhivehi Edition

ގދ. ގައްދޫ ބަނދަރު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދާ އެމްޓީސީސީން ބުނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވަނީ މި މެއި މަހުގެ 7 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާ، 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާ، 320 މީޓަރުގެ ސްކައުރިންގ އޭޕްރަންއެއް ހެދުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން 1,600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، 26 މީޓަރު ދިގުމިނުގެ 2 މީޓަރު ފުޅާމިނުގެ ބްރިޖެއް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ

މިއީ 38.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.