English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ރޯސް މިލްކް ޝޫޓަރ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: 1 ތަށްޓަށް

2 މޭޒުމަތީ ސަމުސާ ގެރިކިރު

3 މޭޒުމަތީ ސަމުސާ ރޯސިރަޕް

ފިނިފެންމާ ފިޔަ (އޮޕްޝަނަލް)

1 1/2 ޖޯޑު ފެން

އައިސްކިއުބް

ތައްޔާރުކުރާނެގޮތް:

ފިނިފެންމާ ފިޔަ އަދި އައިސްކިއުބް ފިޔަވާ ހުރިހާ އެއްޗެއް ބްލެންޑަރުން ގިރާލާށެވެ. ދެން ތަށްޓެއް ނަގާފައި ތަށްޓަށް ތައްޔާރުކުރި ރޯސް ޖޫސް އެޅުމަށްފަހު މައްޗަށް އައިސް ކިއުބް އަދި ފިނިފެން މަލުގެ ފިޔަ އަޅާފައި ފައި ސާރވް ކުރާށެވެ.