English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ޑެޒަޓެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ނޯބޭކް ޗޮކްލެޓް ޕައި”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

9 އިންޗި ވަރު ޓްރޭއެއް

6-7 އޯރިއޯ ބިސްކޯދު މުގުރާފައި (ބޮސްކޯދާއި ބަޓަރ ވިރުވާފައި އެއްކޮށްފައި “ކްރަސްޓް” އަށް)

1 1/2 ޖޯޑު ޗޮކްލެޓް ވިރުވާފައި

1 ޖޯޑު ވިޕިންގް ކްރީމް

ގާނިޝް ކުރުމަށް ޗޮކްލެޓް ގާނާފައި

1 ޖޯޑު ވިޕިންގ ކްރީމް (ޕައިގެ މައްޗަށް އެޅުމަށް)

ތައްޔަރުކުރާނެގޮތް:

ޓްރޭނަގާފައި ތައްޔާރު ކުރި ޗޮކްލެޓް ކްރަސްޓް ގެ ލޭޔާ އަޅާފައި 15 މިނެޓަށް ފްރިޖްގައި ބަހައްޓާށެވެ. ދެން ތަށްޓެއް ނަގާފައި ވިރުވާފައި ހުރި ޗޮކްލެޓް ޖޯޑާއި، ވިޕިންގ ކްރީމް ޖޯޑް ވިޕް ކޮށްފައި ސްޕެޓިއުލާ އިން ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޓްރޭ ފްރިޖުން ނެގު މަށްފަހު ޓްރޭގައި މި ލޭޔާ ފަތުރާލާށެވެ. ދެން މަތީގައި ވިޕިންގ ކްރީމް ލޭޔާ އެއް އަޅާލުމަށް ފަހު މައްޗަށް ގާނާފައި ހުރި ޗޮކްލެޓް އެޅުމަށްފަހު ފްރިޖްގައި 4 ގަޑި އިރު ވަންދެން ބެހެއްޓުމަށް ފަހު ސާރވް ކުރާށެވެ.