English Edition
Dhivehi Edition
ޓްރޮޕިކަލް ސްމޫތީ/ ފޮޓޯ: ގޫގަލް

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ޓްރޮޕިކަލް ސްމޫތީ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

3/4 ޖޯޑު ފްރޯޒެން އަނބު

3/4 ޖޯޑު ފްރޯޒެން އަލަނާސި

1/2 ޖޯޑު ފްރޯޒެން ދޮން ފަޅޯ

2 ދޮންކެޔޮ ފޮތި ކޮށްފައި

1/3 ޖޯޑު އޮރެންޖް ޖޫސް

1/3 ޖޯޑު އަލަނަސި ޖޫސް

1/3 ޖޯޑު ކާށި ކިރު

1 މޭޒުމަތީ ސަމުސާ ލުނަބޯ ހުތް

އައިސްކިއުބް

ތައްޔާރުކުރާނެގޮތް:

ބްލެންޑަރ ނަގާފައި ބްލެންޑަރަށް އައިސް ކިއުބް ފިޔަވާ ހުރިހާ ތަކެތި އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން ތަށްޓެއް ނަގާފައި ތައްޔާރުކުރި ސްމޫތީ އެޅުމަށްފަހު މައްޗަށް އައިސްކިއުބް އަޅާފައި ބޭނުން ފުރުޓަކުން ގާނިޝް ކުރުމަށްފަހު ސާރވް ކުރާށެވެ.