English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ޕައިނެޕަލް ބެރީ ސްމޫތީ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

1 ދަޅު އަލަނާސި

1 ޖޯޑު ވެނީލާ ޔޯގަޓް (ނުވަތަ ވެނީލާ އައިސްކްރީމް)

1 ދޮންކެޔޮ ކޮށާފައި

1 ޖޯޑު އަލަނާސީގެ ޖޫސް

1/2 ޖޯޑު މިކްސްޑް ބެރީސް

1/2 ޖޯޑު އައިސްކިއުބް

ތައްޔާރުކުރާނެގޮތް:

ހުރިހާ އެއްޗެއް ބްލެންޑަރަށް އަޅާފައި އޮލަކޮށް ގިރާލާށެވެ. ދެން ތަށްޓެއް ނަގާފައި ތަށްޓަށް ސްމޫތީ އެޅުމަށްފަހު އަލަނާސި ފޮއްޗަކާ ދޮންކެޔޮ ފޮއްޗަކުން ގާނިޝް ކުރުމަށްފަހު ސާރވް ކުރާށެވެ.