English Edition
Dhivehi Edition

ޕާކިސްތާނުގެ ކޯޓަކުން، އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އަދި އެނާގެ ދަރިކަނބަލުންގެ މައްޗަށް ލަންޑަންގައި އެޕާޓްމެންޓްތަކެއް ގެންގުޅުމުގެ ތުހުމަތު ކޮއްފިއެވެ.

ޕާކިސްތާނުގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ކޯޓެއްގައި ކުރެވުނު މި ދައުވާއަށް ދެފަރާތުންވެސް ވަނީ އިންކާރު ކޮއްފައެވެ. މި އަޑު އެހުމުގައި ވަނީ ނަވާޒު ޝަރީޕްގެ ދަރިކަނބަލުންގެ ފިރިމިހާ އަށް ވެސް ތުހުމަތު ކޮއްފައެވެ.

މި އަޑު އެހުމުގައި ނަވާޒް ޝަރީފް ބައިވެރިވެފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި މި އަޑު އެހުމަށް ގޮސްފައިވަނީ އެނާގެ ފަރާތުން އެހެން މީހަކު ކަމުގައި އެވަގުތު ކޯޓުގައި ހުރި މީހަކު ވަނީ ރޮއީޓާސް އަށް މައުލޫމާތު ދީފައެވެ. ނަމަވެސް މި އަޑު އެހުމުގައި ނަވާޒް ޝަރީފްގެ ދަރިކަނބަލުން އަދި އެނާގެ ފިރިމިހާ ވަނީ ބައިވެރިވެފައެވެ.

ނަވާޒް ޝަރީފް ވަނީ ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމާފައެވެ. ސަބަބަކީ އެނާ އަށް އެނާގެ މިލްކީއްޔާތުގައިވާ ފާއިސާ ލިބިފައިވާ ގޮތް ބުނެދެވިފައި ނެތުމުންނެވެ. އެނާ އާއި އެނާގެ އައީލާ މަށްޗަށް ތަފާތު ތުހުމަތު ތަކެއް ކޮށް އަދި ޕާކިސްތާނުގެ ކޯޓަކުން ވަނީ އެކަން ތަހުގީގު ކުރުމަށް ކަމާބޭހޭ އިދާރާތަކަށް އަންގާފައެވެ.