English Edition
Dhivehi Edition

އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑްގެ ދާއިމީ ކޯޗަކަށް ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގް ހަމަޖައްސައިފި އެވެ.

އުމުރުން 52 އަހަރުގެ ޓެން ހާގް ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑްގެ ދާއިމި ހެޑް ކޯޗަކަށް ހަމަޖައްސާފައިވާ ކަން އެ ކުލަބުން މިއަދު ނެރުނު ބަޔާނުގައި ވަނީ ކަށަވަރު ކޮށްދީފައެވެ.

މިހާރު ކުރިޔަށްދާ ސީޒަނަށް ފަހު ޓެން ހާގް ޔުނައިޔެޑުގެ ކޯޗުކަމާއި ރަސްމީކޮށް ހަވާލުވާއިރު، ޔުނައިޓެޑުން ޓެން ހަގް އާއި އެކު ހަދާފައިވާ އެ އެއްބަސްވުމުގެ ތެރެއިން ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް އެއްބަސްވުން އާ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެސް ޔުނައިޓެޑުން އިތުރު އެއްބަސްވުމަކާއި ހަމައަށް ދާނި ޓެން ހާގްގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ނެރޭ ނަތީޖާތަކަށް ބަލާފައެވެ.

ޓެން ހާގް އަކީ ދާއިމި އެއްބަސްވުމުގެ ދަށުން ޔުނައިޓެޑުން މިހާތަނަށް އެޓީމުގެ ކޯޗުކަމަށް ހަމަޖެއްސި ފަސްވަނަ ކޯޗެވެ.

ޔުނައިޓެޑް ގެ ކޯޗުކަމާއި ހަވާލުވުމަށް ފަހު ޓެން ހަގް މީޑިއާއާއި ވާހަކަ ދައްކަމުން ބުނީ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ފަޚުރަކާއި ޝަރަފެއް ކަމަށެވެ. އަދި ބޭނުންވަނީ ޔުނައިޓެޑް މިހާރު އޮތް އަނދަވަޅުން ސަލާމަތް ކޮށް ޔުނައިޓެޑް ރަނގަޅު ހިސާބަކަށް ގެންގޮސްދިނުން ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

ޓެން ހާގް ޔުނައިޓެޑްގެ ދާއިމި ކޯޗަކަށް ހަމަޖެއްސިއިރު، ޔުނައިޓެޑް ގެ ކޯޗުކަމާއި މިވަވުތު ހަވާލުވެ ހުރި ވަގުތީ ކޯޗު ރަލްފް ރަންގްނިކް އަންނަ ސީޒަނުން ފެށިގެން ފެނިގެން ދާނި ކުލަބުގެ އެޑްވައިޒަރީ ރޯލު އަދާކުރާ ފަރާތެއްގެ ގޮތުހައެވެ.