English Edition
Dhivehi Edition

1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 8 ވަނަ ޕްރޮގްރާމް މިރޭ ރ. ދުވާފަރުގައި އޮންނާނެއެވެ.

އެރަށުގެ ޕްރައިމަރީ ސްކޫލުގައި ބާއްވާ މި ފޯރަމްގެ މައުޟޫޢުއަކީ ”އީޖާބީ ވިސްނުން” މި މައުޟޫއެވެ.

މި މައުޟޫއަށް ތަޤްރީރުކުރައްވާނީ އައްޝައިޚް ޢަބްދުﷲ ރަޝީދު އަދި އައްޝައިޙް މުޙައްމަދު ޝިފާންއެވެ.

ފޯރަމް ކުރިއަށް ދާނީ 21:30 އިން 22:30 އަށެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްތައް އަތޮޅުތަކުގައިވެސް ކުރިއަށްގެންދާއިރު، މިހާތަނަށް ކުޅުދުއްފުށީ ސިޓީއާއި އައްޑޫ ސިޓީގައި ވަނީ ބާއްވާފައެވެ. އަންނަ ހުކުރުދުވަހު 22 އެޕްރީލް 2022ގައި މި ފޯރަމް އޮންނާނީ ފުވައްމުލައް ސިޓީގައެވެ. 25 ވާ ހޯމަ ދުވަހު އޮންނާނީ ގދ. ތިނަދޫގައެވެ.