English Edition
Dhivehi Edition

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެހެންނަމަވެސް މި ދަތުރުފުޅާއިބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް މިހައިތަނަށް ހާމައެއް ނުކުރައްވައެވެ.

ރައީސް ސާލިހު ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ތައިރޮއިޑް ފަރުވާއަށް ވެސް ސިންގަޕޫރަށް ވަޑައިގެން، ތައިރޮޑް އޮޕަރޭޝަނެއް ވެސް ކުރައްވާފައެވެ. އެ ފަރުވާއަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.