English Edition
Dhivehi Edition
ހެލްތު މިނިސްޓްރީގެ އިމާރާތް - ފޮޓޯ: ސަން

ޞިއްހީ ގޮތުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަކުން ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފިއެވެ.

ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި އަރިދަފުސް ރޯގާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ.

މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު ޑެންގޫ ހުމުގެ 24 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށާއި މިދިޔަ މަހުގެ ތެރޭގައި ޑެންގޫ ޖެހިގެން 26 މީހަކު ވަނީ ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އަދި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރު މިހާތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު އެއްވަރެއްގައި ހުރި ކަމަށް ވެސް ބުންޏެވެ.

ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު މިދިޔަ ފެބްރުއަރީ މަހު 2730 ކޭސް ރިޕޯޓް ކޮށްފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި 2063 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.