English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ޑިޝްއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ބްރެޑް ލަޒާނިއާ” ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

13×9 އިންޗް ޓްރޭއެއް

1 ބޮޑު ޕާން

1 ޖޯޑު ޕީލްޑް ޓޮމާޓޯ

1/2 ޖޯޑު ޓޮމާޓޯ ކެޗަޕް

3 މޭޒިމަތީ ސަމުސާ ޗިލީގާލިކް ސޯސް

1 ފިޔާ ހިމިންކޮށް ކޮށާފައި

4 ލޮނުމެދު ހިމުންކޮށް ކޮށާފައި

1 ސަމްސާ ޑްރައިޑް އޮރެގާނޯ

1 ޖޯޑު ކުކުޅު ކުދިކޮށް ކޮށާފައި(ނުވަތަ ކޯންޑް ބީފް/ މަސްދަޅު ) ބޭނުން ވައްތަރެއްގެ މަހެއް

1/2 ޖޯޑު ކިރު (ކިރުގެ ތެރެއަށް 1 ޗިކަން ކިއުބް އަޅާފައި)

ލޮނު އަދި އަސޭމިރުސް

1 ބެލްޕެޕާ ކުދިކޮށްކޮށާފައި

ބައި ޖޯޑު ސްޕްރިންގް އޮނިއަން (ބޭނުންނަމަ)

މޮޒޮރެއްލާ ޗީޒް ގާނާފައި

ވައިޓްސޯސް އަށް:

3 މޭޒުމަތީ ސަމްސާ ބަޓަރ

2 މޭޒުމަތީ ސަމުސާ ފިޔާ ޗޮޕްކޮށްފައި

2 މޭޒުމަތީ ސަމުސާ ލޮނުމެދު ޗޮޕްކޮށްފައި

1 މޭޒުމަތީ ސަމްސާ ފުށް

1 މޭޒުމަތީ ސަމްސާ ޑްރައިޑް އޮރެގާނޯ

ލޮނު އަދި އަސޭމިރުސް

1 ޗީޒް ސްލައިސް

3 ޖޯޑު ކިރު

ޗިކެން ކިއުބް

ތައްޔާރު ކުރާނެގޮތް :

އެންމެ ފުރަތަމަ ތަވަޔަށް ފިޔާ، ލޮނުމެދު އަޅާފައި ފިޔާކޮޅު މޯޅިވެލީމާ މަސް އަޅާފައި 1 މިނެޓް ވަރު ކައްކާފައި ބެލްޕެޕާ އަޅާލާށެވެ. ދެން ޓޮމާޓޯ ސޯސްތައް އެއްކޮށްފައި ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު 1/2 ޖޯޑު ޗިކަން ކިއުބް ކިރު އެއްކުރުމަށްފަހު އޮރެގާނޯ ވެސް އަޅާފައި ރަނގަޅަށް ސޯސްގަނޑު ދިޔާ ކޮށް ކައްކާލާށެވެ. ސޯސްގަނޑު މާ ހިކި ނަމަ ފެންފޮދެއް ނޫނީ ކިރު އަޅާފައި ދިޔާ ކޮށްލެވިދާނެއެވެ.

ދެން ވައިޓް ސޯސް އަށް، އެހެން ތަވައެއްގައި ބަޓަރ ކޮޅު ވިރުވާލާފައި ލޮނުމެދު އަދި ފިޔާ އަޅާފައި ރަނގަޅަށް ރޯފިލުވާލާށެވެ. ދެން ފުށް ކޮޅު އެއްކުރުމަށްފަހު ގޮށް ނުލާނޭހެން ރަނގަޅަށް ދޭފަތުން ހަލުވަމުން ގޮސް މަޑުމަޑުން ކިރު އެއްކުރަމުންދާށެވެ. ކިރު އެއްކޮށްލެވުނީމާ ލޮނު، އަސޭމިރުސް، ޗިކެން ކިއުބް އަދި ޗީޒް ފޮތި އެއްކޮށްލާފައި އޮލާވާން ފެށީމާ އޮރެގާނޯ އެޅުމަށްފަހު ކުޑައިރުކޮޅަކުން އުނދުންމަތިން ތަވާ ބާލާށެވެ.

ޓްރޭނަގާފައި އޭގެ ތެރެއަށް ތައްޔާރު ކުރި ޓޮމަޓޯ ސޯސްއިން ލޭޔާ އެއް އަޅާފައި ޕާންފޮތި ތަކުގެ ކައިރި ކަފާފައި އެއްލޭޔާ އަތުރާލާށެވެ. ދެން މި ލޭޔާގެ މައްޗަށް ތައްޔާރުކުރި ޓޮމާޓޯ ސޯސް އަޅާފައި ސޯސްގެ މައްޗަށް ވައިޓް ސޯސް އަޅާފައި އޭގެ މައްޗަށް މޮޒޮރެއްލާ ޗީޒް ކޮޅެއް ފަތުރާށެވެ. ޕާން ހުސް ވަންދެން މިގޮތަށް ލޭޔާ އަޅާފައި އެންމެ މައްޗަށް މޮޒޮރެއްލާ ޗީޒް އެޅުމަށްފަހު އޮރެގާނޯ އަޅާފައި ސްޕްރިންގް އޮނިއަން ކޮޅެއް މައްޗަށް އަޅާލުމަށްފަހު އަވަނުން ފިހެލާށެވެ.

ނޯޓް: އަވަން ޕްރިހީޓަށް 180 ޑިގްރީ އަށް ޖައްސާފައި ތައްޔާރު ކުރި ޓްރޭ އަވަނަށް ލާފައި 10 މިނެޓްވަންދެން ފިހެލާށެވެ.