English Edition
Dhivehi Edition

ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ކޫއްޑޫއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ މަސްވެރިންގެ ޝަކުވާތައް އަޑުއެހުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.

ކޫއްޑޫގައި މަސްވެރިންނާއެކު ހުންނެވި ފޮޓޯއެއް ހިއްސާކުރައްވައި އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ދެކުނަށް މަސްކިރާގޮތް ބަލާ މަސްވެރިންގެ ކަންބޮޑުވުމާއި ޝަކުވާ އަޑުއެހުމަށް ގއ. ކޫއްޑޫގައި ހުންނެވި ކަމަށެވެ.

މިނިސްޓަރު ކޫއްޑޫއަށް ވަޑައިގެންފައިމިވަނީ ރާއްޖޭގެ ދެކުނަށް މަސްވެރިކަން ރަނގަޅުވެ، މަސްވެރިން ބާނާ މަސް ކިރުމުގައި ދަތިތަކެއް މެދުވެރިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިފްކޯ އިން ނިންމާފައިވަނީ ކޮންމެ ދޯންޏަކުން ވެސް ފަސް ޓަނުގެ މަސް ކިރުމަށެވެ.

އެހެންނަމަވެސް ޒަމާނީ ބޮޑެތި ބަދަލުތަކާއެކު ދޯނިފަހަރުގެ ސައިޒަށް ވެސް ބަދަލުއައިިސްފައިވާއިރު، ކޮންމެ ދޯންޏަކީ ވެސް ފަސްޓަނަށް ވުރެ ގިނައިން މަސްބާނާ އުޅަނދުފަހަރެވެ.

މިފްކޯ އިން މަސްގަތުން ކޮންޓްރޯލު ކުރުމުން ގިނަ މަސްވެރިން ނުރުހުން ފާޅުކުރަމުންދާއިރު، ބައެއް ދޯނިފަހަރުން ބޭނި މަސްތައް ނުކުރިގެން ވަނީ އުކާވެސް ލާފައެވެ.