English Edition
Dhivehi Edition

އިންޑިޔާގެ މަޝްހޫރު ކޮމޭޑިއަން އަދި ޓީވީ ހޯސްޓް، ބާރްތީ ސިންގް އާއި ލިޔުންތެރިޔާ ހަރްޝް ލިންބާޗިޔާ އަށް ފިރިހެން ދަރިއަކު ލިބިއްޖެ އެވެ.

ބާރްތީ ވިހާފައިވަނީ މި މަހުގެ 03 ވަނަ ދުވަހުއެވެ. މިކަން އިއުލާންކޮށް ބާރްތީ ވަނީ، އޭނާގެ އިންސްޓަގްރާމްގައި ކުއްޖާ ނުފެންނަ ގޮތަށް ވަށިގަނޑަކަށް ލައި، ދެމަފިރިންނާއި އެކު ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައެވެ. މީގެ އިތުރުން ބާރްތީ ވަނީ ބަނޑުބޮޑުއިރު ދިމާވި އެކި ހަދިސާތައް ހިމެނޭ ޑޮކިއުމެންޓްރީ އެއްވެސް ޔޫޓިއުބްގައި ހިއްސާކޮށްފައެވެ.

މަޝްހޫރު ކޮމީޑިއަން ބާރްތީ ބަނޑުބޮޑީތަ؟

ބާރްތީ އާއި ހަރްޝް ފުރަތަމަ ދިމާވީ 2011 ވަނަ އަހަރު ކޮމިޑީ ސާކަސްގެ ޝޫޓިންތެރެއިންނެވެ. މި ދެ ފަންނާނުން ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ކައިވެންޏަށް ފަހު ދަރިއަކު ހޯދުމަށްޓަކައި ބާރްތީ ގެ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ޖެހުނެވެ. ބާރްތީގެ ހަށިގަނޑު 96 ކިލޯއަށްވުރެ ބަރުވުމުން އޭނާއަށް އެކި ކަހަލަ މައްސަލަތައް ކުރިމަތިވިއިރު، އެންމެ ފަހުން އޭނާވަނީ ހަށިގަނޑަށް ބޮޑު ބަދަލެއްގެނެސް ބަރުދަންވެސް ލުއިކޮށްފައެވެ.