English Edition
Dhivehi Edition

މާލޭ އެމްޕީއެލް ސަރަހައްދުގައި ކެމިކަލްތަކެއް ލީކުވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ލީކުވެފައިވަނީ މާލޭ އެމްޕީއެލް ސަރަހައްދުގައި ހަންތަކެއްގައި ބަންދުކޮށްފައި ހުރި ކެމިކަލްތަކެއް ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ ސަރަހައްދު ސާފުކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.

މި ހާދިސާ ގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައިވާކަން މިހައިތަނަށް އެނގިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.