English Edition
Dhivehi Edition

ރަޝިޔާ މާކެޓް ވަނީ 70 ޕަސެންޓް ދަށަށް ގޮސްފައި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަބުދުލް މުޣުނީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ރަޝިއާ އަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި ނަމަވެސް ރަޝިއާގެ މާކެޓު ދަށަށް ގޮސްފައިވަނީ ރަޝިޔާ އާއި ޔުކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމަށެވެ.