English Edition
Dhivehi Edition

ކުރިއަށް އޮތް ސްކޫލް ބަންދާއި އަދި ފިތުރު އީދު ބަންދާ ދިމާކޮށް ފްލައިމީގެ ދަތުރުތައް އައްޑޫއާއި ފުވައްމުލަކަށް ފެށުމަށް ހަމަޖައްސާފައިވާ ކަަމަށް ވިލާ އެއާލައިނުން ބުނެފިއެވެ. ދެކުނުގެ މަންޒިލްތަކަށް އަލުން ވިލާއެއާ ގެ ދަތުރުތައް ފަށަން ނިންމާފައިވާއިރު އެ އެއާލައިނުން ވަނީ ގަމުގެ އޮޕަރޭޝަންއަށް މުވައްޒަފުން ނެގުމަށް އިއުލާން ވެސް ކޮށްފައެވެ. ފާއިތުވި މެއި މަހުގެ ތެރޭގައި އެ އެއާލައިނަށް 52 ސީޓުގެ އާ ބޯޓެއް ވަނީ ގެނެސްފިއެވެ. އެއީ އޭޓީއާރު 42 500 މަރުކާގެ ބޯޓެކެވެ. ވިލާއެއާ އިން ބުނީ މި ބޯޓާއެކު ދެކުނުގެ މަންޒިލްތައް ކަވަރު ކުރެވޭނެ ކަމަށާއި އެފަރާތުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ހެޔޮއަގެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އައްޑޫ އާއި ފުވައްމުލަކަށް ދަތުރުތައް ފަށާއިރު ކުރިއެކޭ އެއްގޮތަށް އެހެން އެއާލައިންތަކަށް ވުރެ ޓިކެޓުގެ އަގު ހެޔޮވާނެ ކަމަށް ވެސް ވިލާއެއާއިން ބުނެއެވެ. ވިލާ ގްރޫޕުން ހިންގާ ފްލައިމީ އިން ދެކުނުގެ އަތޮޅުތަކަށް ކުރަމުން އައި ދަތުރުތައް ހުއްޓާލީ 2015 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ.