English Edition
Dhivehi Edition

އިންޑިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަޝްހޫރު ފިލްމީ ތަރި މަލައިކާ އަރޯރާ އަށް އަނިޔާވެއްޖެއެވެ.

ތިން ކާރުޖެހިގެން ހިނގި މި އެކްސިޑެންޓުގައި މަލައިކާއަށް އެކި ވަރުގެ އަނިޔާވެފައިވާއިރު، ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ އޭނާއަށް މާ ސީރިއަސް ޒަހަމްތަކެއް ލިބިފައިނުވާކަމަށެވެ. ފެޝަން އިވެންޓެއް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ހިނގި މި އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކަށް އެޕޯލޯ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު މިހާރު އޭނާގެ ހާލު ރަނގަޅުކަމަށްވެސް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ،

މަލައިކާގެ ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާގެ ހާލު ރަނގަޅުކަމަށާއި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެކަމަށެވެ، އަދި މިހާރު ޑޮކްޓަރުގެ އިރުޝާދާއެކު މަލައިކާ އޮތީ ‘ބެޑް ރެސްޓް’ ގައި ކަމަށާއި، ވަރަށް އަވަހަށް އަނެއްކާވެސް ސަޕޯޓަރުންނަށް ފެނިގެންދާނެކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން މަލައިކާގެ ކާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ މަންޒަރު ފެނިގެން ދެއެވެ.