English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަލައިކާ އަރާރޯ ބަނޑުބޮޑުކަމަށް ބުނެ އިންޑިއާގެ ނޫހަކުން ލިޔެފައިވާ ހަބަރަކާއި ގުޅިގެން މަލައިކާގެ ލޯބިވެރިޔާ އަރްޖުން ކަޕޫރް ވަރުގަދަ ރައްދެއް ދީފިއެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫހަކުން ލިޔެފައިވާ މި އާޓިކަލް ހިއްސާކުރަމުން އަރްޖުން ބުނީ މިއީ އެ ނޫހާއި، ނޫސްވެރިޔާ ކުރި ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އެ ހަބަރު ލިޔުނު ނޫސްވެރިޔާއަށް ފާޑުކިޔަމުން އަރްޖުން ބުނީ އެ ނޫސްވެރިޔާއަކީ އަބަދުވެސް މިކަހަލަ ހަބަރުތައް ލިޔާ ނޫސްވެރިއެއް ކަމަށެވެ. އަދި އެ ފަދަ ދޮގު ހަބަރުތައް މީޑިއާގައި އާންމުކުރުން އިތުރުވެގެން ދަނީ އެ ފަދަ ‘ފޭކް ހަބަރު’ ތަކާއި މެދު އަޅާނުލާ ދޫކޮށްލާތީކަމަށްވެސް އަރްޖުން ބުންޏެވެ.

މީގެ އިތުރުން އަރްޖުން ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާއި ކުޅެން ފުރުސަތު ނުދޭނެކަމަށާއި ދިރިއުޅުމާއި ނުކުޅުމަށް އެދިފައެވެ.

އަރްޖުން އާއި މަލައިކާގެ، ލޯބީގެ ގުޅުމުގެ ވާހަކަ އަބަދުވެސް މީޑިއާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާފައިވާއިރު ގިނަ ބަޔަކު ވަނީ އަރްޖުން އަށްވުރެ 11 އަހަރު ދޮށީ މީހަކާއި ރައްޓެހިވުމުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެހެންނަމަވެސް މި ފާޑުކިޔުންތަކަށް އެ ދެ ތަރިންވެސް މާ ބޮޑު ސަމާލުކަމެއް ދީފައި ނުވާއިރު، އެ ގުޅުން ސިއްރުކުރާކަށް ދެ ތަރިންވެސް މަސައްކަތްކޮށްފައެއް ނުވެއެވެ.

މި ފާޑުކިޔުންތަކާއި ގުޅިގެން މީގެކުރިން މަލައިކާ ވަނީ މީހުން ކޮންމެ އެއްޗެކޭ ކިޔަސް އޭނާއަށް ވަރިހަމަކަމަށާއި ބައެއް ފިރިހެނުން އެމީހުންނަށް ވުރެ އެތައް އަހަރެއް ހަގު އަންހެނުންނާ ވެސް ކައިވެނިކުރާ ކަމެއް ބުނެފައެވެ.