English Edition
Dhivehi Edition

މިފެށުނު ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްސަކޮށްގެން އުރީދޫގެ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އޮފަރަތަކެއް ތަޢާރަފްކޮށްފިއެވެ.

މިއީ މި ބަރަކާތްތެރި މަހުގައި އާއިލާއާއި ރައްޓެހިންނާއި އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ފުރހަމަކޮށްދިނުމުގެ ގޮތުން، އުރީދޫގެ ކަސްޓަމަރުންނަށް ތަޢާރަފްކުރި އޮފަރ ތަކެކެވެ.

މި އޮފަރ ތަކާއެކު ރަމަޟާންމަހުގެ ތެރޭގައި ކަސްޓަމަރުންނަށް ލިބިގެންދާ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ގުޑް މޯނިންގް މޯލްޑިވްސް ޕްރޮމޯޝަންގައި ބައިވެރިވެވަޑައިގަތުމުން ރަމަޟާން މަހުގެ ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ 1 ޖީބީ ހިލޭ ލިބޭ ބޯނަސް ޑޭޓާއާ އެކުއެވެ. ދުވަހުގެ ހިލޭ ޑޭޓާ އެލަވަންސް ހޯއްދެވުމަށް، ފަތިހު 4:00 އިން ހެނދުނު 8:00 އާ ދެމެދު 5252 އަށް “BONUS” ޖައްސަވާފައި އެސްއެމްއެސް އެއް ފޮނުވާލުމުން ޑޭޓާ ލިބިގެންދާނެއެވެ. އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން އިރުއޮއްސި 6:00 އާ ދެމެދު ލިބިވަޑައިގަންނަވާ ބޯނަސް ޑޭޓާ ބޭނުންކުރެއްވޭނެއެވެ.

ރަމަޟާން މަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ އިން ވަނީ މި މަހު އުރީދޫގެ ކޮންމެ ޚިދުމަތެއް ވެސް އެކްޓިވޭޓް ކުރައްވާ ކަސްޓަމަރުންނަށް ވަރަށް އަގުހުރި އިނާމުތަކާއިއެކު ލަކީ ޑްރޯއެއް ހުޅުވާލާފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 10 ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 100 ޖީބީޑޭޓާ ހޯދުމުގެ އިތުރުން 2 ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހަމަމިއާއެކު މި މަހު އަލަށް ސުޕަރނެޓް ކަނެކްޝަނެއް އެކްޓިވޭޓް ކުރާ ނުވަތަ ސުޕަރނެޓް ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކު 100 ޖީބީ ބޯނަސް ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ. ސުޕަރނެޓް ގެ ޚިދުމަތް ފަސޭހަކަމާއެކު އޮންލައިންކޮށް ހޯދުމަށް ނުވަތަ ޕްލޭން އަޕްގްރޭޑް ކުރެއްވުމަށް ore.do/supernet ޒިޔާރަތްކޮށްލައްވާށެވެ.

މި ރަމަޟާން މަހު އުރީދޫ އިން ވަނީ ސައުދީ އައިޑީޑީ ޕެކް ބޭނުންކޮށްގެން ސައުދީއަރަބިއްޔާގައި ތިބި ރަހުމަތްތެރިންނާއި އާއިލާގެ މީހުންނާ މުއާމަލާތްކޮށް، ކަސްޓަމަރުންނަށް 100 މިނެޓާއި 1 ޖީބީގެ ސޯޝަލް ޑޭޓާ (ވައިބަރ، ވަޓްސްއެޕް، އައިއެމްއޯ) ހަމައެކަނި 150 ރުފިޔާއަށް ލިބޭނެ ގޮތް ވެސް ހަދާފައެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން، ގޭގައި ތިއްބަވައިގެން ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ އިން މިއަހަރު ވެސް ފަހިކޮށްދީފައިވާއިރު، އެމް-ފައިސާ މެދުވެރިކޮށް ޒަކާތްދެއްކުމަށް އުރީދޫ އެޕް ޑައުންލޯޑް ކޮށްލައްވާށެވެ. އެމް-ފައިސާގެ ޚިދުމަތްތަކާއި އޮފަރތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯރކެއްގެ ކަސްޓަމަރުންނަށް ވެސް އުރީދޫއިން މަރުހަބާކިޔައެވެ.

މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް *909# އަށް ޑައަލް ކޮށްލައްވާށެވެ.

މި ރަމަޟާން މަހު، އުރީދޫ ކަސްޓަމަރުންނަށް ޓެކްސްޓް އަ ކޮފީ މެދުވެރިކޮށް ރޯދަވިއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާ ކޮށްލުމުން ހިލޭ 1 ޖީބީ ހޯދުމުގެ ފުރުސަަަތުވަނީ އުރީދޫ މޯލްޑިވްސް އިން ހުޅުވާލާފައެވެ. މަގުބޫލު ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ކެއުމާާއި ބުއިންތަަައް ހަަަދިޔާާ ކޮށްލެވޭ ޓެކްސްޓަަ އަަަަ ކޮފީ މެދުވެރިކޮށް ހަަަަަދިޔާއެއް ފޮނުވާލުމަަށް ore.do/txtcofy ޒިޔާރާތްކުރައްވާާށެވެ.

މި ރަމަޟާން މަހު ނަމާދު ވަގުތުތަކަށް ސަމާލުވުމަށް އެހީ އެލަރޓް ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. ވައިބަރ ބޭނުންނުކުރައްވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލަރޓް އެކްޓިވޭޓްކޮށްލެވޭނެއެވެ. ނަމާދު އެލަރޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކޮށްލައްވާށެވެ.

“Ramadan” ޖެއްސެވުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރައްވައިގެން ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތަކާއި ރީތި މަދަހަ ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫ މޯލްޑިވްސް އިން ދާދިފަހުން ލޯންޗްކުރި އާޗާ ޕޯޓްފޯލިއޯގެ ދަށުން އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ހަގުނަ އިތުރު ޑޭޓާ ހެޔޮ އަގުގައި ލިބި އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އިންޓަރނެޓްގެ ފުރިހަމަ ތަޖުރިބާއެއް ހޯދުމަށްވަނީ ފަހިކޮށްދީފައެވެ: