‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކެއުމަށް ވަރަށް މީރު ފޮނިއެއްޗެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ފްލާން ޗީޒްކޭކް” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.
ބޭނުންވާތަކެތި:
100ގ (1/2) ޖޯޑު ހަކުރު
10 ބިހުގެ ގޮބޮޅި
375މލ (1 1/2) ޖޯޑު ކިރު
250ގ (1 ޖޯޑު) ގެރި ކިރު
300ގ (1 1/4 ޖޯޑު) ކްރީމް ޗީޒް
100ގ (1/2 ޖޯޑު) ހަކުރު
1/2 މޭޒުމަތީ ސަމްސާ ލޮނު
4 ބިހުގެ ހުދުބައި
ތައްޔާރުކުރާނެގޮތް:
އެންމެފުރަތަމަ ތަވަޔަކަށް ހަކުރު އަޅާފައި ވިރުވާފައި 20އިންޗި ޓްރޭއަކަށް އަޅުމަށްފަހު ކެރަމަލް ލޭޔާއެއް އަޅާލާށެވެ.
ތައްޓެއްނަގާފައި ބިހުގެ ގޮބޮޅިތައް ހޭންޑް މިކްސަރަކުން ގިރާލާށެވެ. ދެން ކިރު، ވެނީލާ އެސެންސް އަދި ގެރިކިރު އަޅާފައި މަޑުމަޑުން އެއްކުރާށެވެ.
އެހެން ތައްޓެއްނަގާފައި ކްރީމްޗީޒް ހޭންޑް މިކްސަރުން އޮލަވަންދެން އެއްކުރާށެވެ. މީގެ ތެރެއަށް ހަކުރު، ލޮނު އަދި ބިހުގެ ހުދުބައި އަޅާފައި އެއްކުރާށެވެ.
ތައްޔާރުކުރި ދެބާވަތް އެއްކޮށްފައި ކެރަމަލް ލޭޔާއެޅި ޓްރޭއަށް އަޅާލާށެވެ. އެހެން ޓްރޭއަކަށް ހޫނުފެން އަޅާފައި އެ ފެނުގެ ތެރޭގައި ތައްޔާރު ކުރި ޗީޒްކޭކް ޓްރޭ ބެހެއްޓުމަށްފަހު 155 ޑިގްރީގައި 2 ގަޑިއިރުވަންދެން އަވަނުން ފިހެލާށެވެ. ފްލާން ޗީޒްކޭކް ހިހޫ ކުރުމަށްފަހު ފްރިޖްގައި 4 ގަޑި އިރު ބެހެއްޓުމަށްފަހު ސާރވްކުރާށެވެ.