English Edition
Dhivehi Edition

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން މިއަދު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އާއި ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

މި މަހުގެ 29 ގެ ނިޔަލަށް ޒަކާތް ދެއްކޭނެ ކަމަށާއި ދިރާގު ޕޭ، އުރީދޫ އެމް ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް އަދި ފަހިޕޭ މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެމިނިސްޓްރީން ބުނީ ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވެފައިވާ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ޚާއްސަކޮށް އޭޕްރިލް މަހުގެ ތިންވަނަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަންނާނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ހަމަޖައްސާނެ ކަމަށް ވެސް ބުންޏެވެ.

މުދަލު ޒަކާތުގެ މިހާރުގެ ނިޞާބަކީ -/7241.15ރ. އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު -/362.95ރ. އަށްވުރެ ބޮޑު އަދަދެކެވެ.