English Edition
Dhivehi Edition

ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖް 2022 ގެ ޒޯން 7 ގެ ޗެމްޕިއަންކަން މާލެގަން ސްޕޯޓްސް ކްލަބް އިން ކާމިޔާބުކޮށްފިއެވެ.

މާލެ ސިޓީގެ ހުޅުމާލޭގެ ފުޓްސަލް ސްޓޭޑިއަމުގައި މި މަހުގެ 18 ވަނަ ދުވަހު ކުޅުނު މެޗުގައި މާލެގަން ސްޕޯޓްސް ކްލަބް އާއި އައްޑޫ ސިޓީ ފޭދޫ ޓީމާއި ބައްދަލުކުރި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ފޭދޫ ޓީމެވެ. މި ދެ ޓީމު ލެގުގައި ކުޅުނު ފުރަތަމަ މެޗު މާލެގަމުން ކާމިޔާބުކުރީވެސް 2-3 ލަޑުންނެވެ.

އެހެންކަމުން މި ނަތީޖާ އާއި އެކު މި މުބާރާތުގައި ފުރަތަމަ ލެގުގައި މާލެގަން ނެރުނު ނަތީޖާ އެއްވަރުވުމުގެ ސަބަބުން ޗެމްޕިއަން ޓީމު ކަނޑައަޅަންޖެހުނީ ޕެނަލްޓީ ޖަހައިގެނެވެ.

މާލެގަން ޒޯން 7 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެޓީމުން ޖެހި 5 ޕެނަލްޓީގެ ތެރެއިން 4 ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ފޭދޫ ޓީމަށް ކާމިޔާބުކުރެވުނީ 5 ޕެނަލްޓީގެ ތެރެއިން 3 ޕެނަލްޓީއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ފޭދޫ ޓީމުގެ ޖޯޒީ ނަމްބަރު 10 މުހައްމަދު ސަޔަމް ސައީދު އެވެ.