English Edition
Dhivehi Edition
2017 ވަނަ އަހަރު ބޭއްވި އޯޒޯން މޮޑެލް މައުރަޒުގެ ތެރެއިން

އޯޒޯން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އިން ބާއްވާ ކުރެހުމާއި، ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

2021 ވަނަ އަހަރުގެ އޯޒޯން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އިން ކުރިއަށް ގެންދާ ކުރެހުމާއި، ފޮޓޯ ނެގުމުގެ މުބާރާތުގެ މައިގަނޑު މަޤުޞަދަކީ އޯޒޯން ފަށަލައަށާއި ތިމާވެއްޓަށް ލިބެމުންދާ ގެއްލުމާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި 02 އުމުރު ފުރާއަކަށް ބަހާލައިގެން ބާއްވާ މުބާރާތެކެވެ. ގްރެފިކް ޑިޒައިން، ކުރެހުމާއި އަދި ފޮޓޯގްރަފީ ހިމެނޭ މި މުބާރާތުގެ އުމުރުފުރާތަކަކީ 15 އަހަރުން ދަށުގެ އުމުރުފުރާ އަދި 15 އަހަރުން މަތީގެ އުމުރުފުރާއެވެ.

މި މުބާރާތުގައި ބައިވެރިކުރަން ބޭނުންވާ އުފެއްދުންތައް ހުށަހަޅަން ހަމަޖެހިފައިވަނީ އޮންލައިންކޮށް www.ozone2climate.org މި ވެބްސައިޓް މެދުވެރިކޮށެވެ. މި މުބާރާތާއި ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ވެސް މި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި މުބާރާތައް ތަކެތި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 މާރިޗު 2022 ވާ ބުރާސްފަތި ދުވަހެވެ.